Search

Announcements

Home / Announcements / Detail
October 6, 2026
Announcement
އަންދާސީ ހިސާބު ބޭނުންވެއްޖެ
Cover Image

އަންދާސީ ހިސާބު  ބޭނުންވެއްޖެ

 

އޮލިމްޕަސް ހޯލުގައި ބޭނުންކުރާ ސައުންޑް ސިސްޓަމް އަޕްގްރޭޑުކުރުމަށް ވަނީ ބޭނުންވެފައެވެ. މި އަޕްގްރޭޑުކުރުމަށް ރާވާފައިވަނީ އޮލިމްޕަސް ހޯލުގައި މިހާރު ބޭނުންކުރާ "ޖޭ.ބީ.އެލް" ސްޕީކަރތަކާއި "ކްރައުން" އެމްޕްލިފިކޭޝަނަށް އިންޓަގްރޭޓްކުރެވޭގޮތަށް ޖޭ.ބީ.އެލް ގެ ފަހުގެ ސީރީޒް ގެ ސްޕީކަރާއި ކްރައުން ޕަވަރ އެމްޕްލިފިކޭޝަން ހޯދައިގެންނެވެ.

ވީމާ މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިސެންޓަރަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

 

ތަފްޞީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

12 އޮކްޓޫބަރ 2026

(ހޯމަ)

10:00

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް

އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން

އަންދާސީ ހިސާބު ހުށަހެޅުން

19 އޮކްޓޯބަރ 2026

(ހޯމަ)

13:00

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް

އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށްprocurement@nca.gov.mv  ނުވަތަ 3303813 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

Downloadable Attachments

304127.pdfDownload ↓